އެކުއޭރިއަމްގައިވާ ދިރޭތަކެތި ހެދިބޮޑުވުމާއި އެހެނިހެން ގުދުރަތީ ސަބަބުތަކާ ހުރެ، ފެނުގައި ހުންނަ މިނަރަލްތައް މަދުވަމުންދެއެވެ. އެހެންކަމުން، މި މާއްދާތައް ގަވާއިދުން ފޯރުކޮށްދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. މީގެ ތެރޭގައި ހާއްސަކޮށް ކެލްސިއަމް، މެގްނީޒިއަމް، ސްޓްރޮންޝިއަމް އަދި އަލްކަލިނިޓީ ހިމެނެއެވެ. މިއީ މުރަކަތަކާއި، އެހެނިހެން ކަނޑުގެ ދިރޭތަކެތީގެ އޮނިގަނޑު ވަރުގަދަވުމަށް ކޮންމެހެން ބޭނުންވާ މާއްދާތަކެވެ. Tropic Marin® All-For-Reef އަކީ މި ހުރިހާ މާއްދާތަކެއް އެކުލެވޭ ގޮތަށް އުފައްދާފައިވާ ވަރުގަދަ ސޮލިއުޝަނެކެވެ. މީގެ އިތުރުން، މޫދު މަސް ޓޭންކަށް ބޭނުންވާ މުހިންމު ޓްރޭސް އެލިމެންޓްސްތައް ކަމަށްވާ އަޔޮޑިން، ބްރޯމިން އަދި ފްލޮރިން ވެސް މި ޕްރޮޑަކްޓްގައި ހިމެނެއެވެ. އަދި ސެލެނިއަމް، ދަނގަޑު، މެންގަނީޒް، ޒިންކް، ކޮޕަރ، ނިކަލް، ކްރޯމިއަމް، ކޮބާލްޓް، މޮލިބްޑީނަމް އަދި ވެނޭޑިއަމް ފަދަ އެންޒައިމްތަކަށް ބޭނުންވާ މާއްދާތައް ވެސް މި އުފެއްދުމުގައި އެކުލެވިގެންވެއެވެ.

މި ހުރިހާ މާއްދާތަކެއް އެއް މިންގަނޑަކަށް ހަމަޖެހިފައިވުމުން، އެންމެ ސޮލިއުޝަނަކުން އެކުއޭރިއަމްގެ ހުރިހާ ބޭނުންތަކެއް ފުއްދައިދެއެވެ. އަދި މީގެ ސަބަބުން ފެނުގެ ލޮނުމިނަށް ނުވަތަ އިއޯން ބެލެންސަށް ބަދަލު އަތުވެދާނެ ފަދަ އިތުރު މާއްދާތަކުން މި ޕްރޮޑަކްޓް ސަލާމަތް ކޮށްދެއެވެ.

Tropic Marin® All-For-Reef Powder އަކީ މިނަރަލްތަކުގެ މުއްސަނދި މިކްސްޗަރެކެވެ. މިއީ ރިވާސް އޮސްމޯސިސް (RO) ފެނުގައި ގިރުވައިލުމުން، އަލަށް ފަށާ އެކުއޭރިއަމްތަކަށާއި ގިނަ ދުވަސްވެފައިވާ އެކުއޭރިއަމްތަކަށް ބޭނުންވާ ހުރިހާ މާއްދާއެއް އެއް ޕްރޮޑަކްޓްގެ ޒަރިއްޔާއިން ފޯރުކޮށްދޭ ފަސޭހަ ސޮލިއުޝަނެކެވެ.

ނޯޓް: ބޭނުންކުރާ ރޯ މެޓީރިއަލްގެ ސަބަބުން މި ސޮލިއުޝަންގެ ކުލައަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އައުން ނުވަތަ ކުޑަކޮށް ކުލަ ފަނޑުވުން އެކަށީގެންވެއެވެ. ނަމަވެސް މީގެ ސަބަބުން އުފެއްދުމުގެ ފެންވަރަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

ފައިދާތައް

• އެއް ސޮލިއުޝަނުގެ ޒަރިއްޔާއިން ކޮރަލްތަކަށް ބޭނުންވާ ހުރިހާ މިނަރަލްތައް ލިއްބައިދިނުން.

• ކޮރަލްތަކަށް ބޭނުންވާ ހުރިހާ މުހިންމު ޓްރޭސް އެލިމެންޓްސްތައް ހިމެނިފައިވުން.

• މުރަކައިގެ ހުރިހާ ބާވަތްތަކަށް އެކަށީގެންވުން.

• ބޭނުންކުރަން ފަސޭހަވުން – އަމިއްލައަށް އަތުން އެޅުމަށް ފަސޭހަ އަދި ޑޯސިންގ ޕަންޕުގެ ބޭނުންކޮށްގެން ވެސް އެޅުމަށް ފަސޭހަވުން.

އެކުލެވޭ މާއްދާތައް

އޯގަނިކް ކެލްސިއަމް ސޯލްޓްސް، މެގްނީޒިއަމްގެ ސޯލްޓްސް، ސްޓްރޮންޝިއަމް އަދި ޓްރޭސް އެލިމެންޓްސް (ބޭރިއަމް، ބޯރޯން، ބްރޯމިން، ކްރޯމް، އަޔަން، ފްލޮރިން، އަޔޮޑިން، ކޮބާލްޓް، ކޮޕަރ، ލިތިއަމް، މެންގަނީޒް، މޮލިބްޑީނަމް، ނިކަލް، ސެލެނިއަމް، ވެނޭޑިއަމް އަދި ޒިންކް.

އެކުއޭރިއަމަށް އަޅާނެ ގޮތާއި މިންވަރު:

މި ޕްރޮޑަކްޓް އެކުއޭރިއަމަށް އަޅަން ފެށުމުގެ ކުރިން، އެކުއޭރިއަމްގެ ކެލްސިއަމް، އަލްކަލިނިޓީ އަދި މެގްނީޒިއަމްގެ މިންވަރު ބަހައްޓަން ބޭނުންވާ މިންވަރަށް ގެންދިއުމަކީ މުހިންމު ކަމެކެވެ.

ޕައުޑަރުން ސޮލިއުޝަން ތައްޔާރުކުރުން:

• 800 ގްރާމްގެ ދަޅަކުން 5 ލީޓަރުގެ ސޮލިއުޝަން ތައްޔާރުކުރެވޭނެ.

• 1600 ގްރާމްގެ ދަޅަކުން 10 ލީޓަރުގެ ސޮލިއުޝަން ތައްޔާރުކުރެވޭނެ.

• 1 ލީޓަރުގެ ސޮލިއުޝަން ތައްޔާރުކުރުމަށްޓަކައި، 6 ސަމުސާ (ގާތްގަނޑަކަށް 160 ގްރާމް) ޕައުޑަރު 900 މިލިލީޓަރުގެ RO ފެނަށް އަޅައި ގިރުވާލުން.

ޑޯޒޭޖް:

ކޮންމެ 100 ލީޓަރުގެ ލޮނަށް ދުވާލަކު 5 މިލިލީޓަރުގެ Tropic Marin® All-For-Reef ބޭނުންކުރަން ފަށާށެވެ. މި މިންވަރު އިތުރުކުރަން ބޭނުންވާނަމަ ކުރާނީ، ކޮންމެ ހަފުތާއަކު 2.5 މިލިލީޓަރު އިތުރުކުރަމުން ގޮސް، ފެނުގެ އަލްކަލިނިޓީ އާއި ކެލްސިއަމް އެއް މިންވަރެއްގައި ހިފެހެއްޓެންދެން ޑޯޒް އިތުރުކުރަމުން ގެންދެވިދާނެއެވެ.

އެކުއޭރިއަމްގައި އަލްކަލިނިޓީ، ކެލްސިއަމް އަދި މެގްނިޒިއަމް ބޭނުންވާ މިންވަރަށް ގެންދިއުމަށްފަހު، ގަވާއިދުން އެކުއޭރިއަމްގެ ކެލްސިއަމް ނުވަތަ އަލްކަލިނިޓީ ޗެކްކުރަމުން ގެންދިއުމަކީ ވަރަށް މުހިންމު ކަމެކެވެ. އެކުއޭރިއަމްގައި ހުރި މިންވަރާއި އަދި އެކުއޭރިއަމަށް އަޅަންޖެހޭ މިންވަރު ދެނެގަނެވޭނީ ގަވާއިދުން ޓެސްޓް ކޮށްގެންނެވެ.

ސަމާލުކަމަށް:

ބައެއް ހާލަތްތަކުގައި މުރަކަތަކުން ކެލްސިއަމް އާއި އަލްކަލިނިޓީ ބޭނުންކުރާ ނިސްބަތް ތަފާތުވެދާނެއެވެ. މިފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ، ޗާޓުގައިވާ ގޮތަށް ބަދަލުތައް ގެންނާށެވެ.